ads
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މާލޭ ސިޓީ ގޮނޑިތަކަށް ވާދަ ކުރާނީ، ޕީއެންސީ އާއި އެމްޑީޕީ އެކަނި
މާލޭ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީ އާ އިދިކޮޅޫ އެމްޑީޕީގެ ކެންޑިޑޭޓުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ދާއިރާއެއްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމުންނެވެ. ކައުންސިލުން ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. 

މި ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އިންތިހާބުގައި ވާދަކުރަން 3 ދައިރާއަށްވެސް ހުށައަޅާފައިވަނީ ޕީއެންސީއާ އެމްޑީޕީ ކެންޑިޑޭޓުން އެކަންޏެވެ. 

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން 

  1. ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެ (ޕީއެންސީ)
  2. ހައްވާ ޝިފާނާ، މއ. ރިހިރާޅު / މާލެ (އެމްޑީޕީ)

މި ދާއިރާއަށް ވާދަކުރާ ފާތިމަތު އިޝާން އަލީ ވަނީ ރައްޔިތުން ނަޖލީހުގައި އިންތިހާގައިވެސް ވާދަކޮށްފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓް ނުލިބުމުން އޭނާ މަޖިލިސް އިންތިހާބަށް ނުކުތީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީ ގަލޮޅު އުތުރު ދާއިރާއަށެވެ.7 ކެންޑިޑޭޓުން ވާދަކުރި އެ ދައިރާއިން 114 ވޯޓާއި އެކު އިޝާނަށް ލިބުނީ 6 ވަނައެވެ. 

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން

  1. ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން  (ޕީއެންސީ) 
  2. މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓް (އެމްޑީޕީ)

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ  ދާއިރާއަށްް ވާދަކުރާ ކެންޑިޑޭޓުން

  1. އަލީ އައިމަން، ހ. ފުޖޭރާ ( ޕީއެންސީ) 
  2. އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 (އެމްޑީޕީ) 

މާލޭ ސިޓީ ކައުންސިލްގެ ބައި- އިލެކްޝަންސް އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. 

ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގައި އިންނެވި އަހްމަދު އައިފާން ވަނީ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވަނީ ހެންވޭރު އުތުރު ދާއިރާއެވެ. މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު މޫސާ ޒަމީރު މަޖލީހުގައިވެސް ތަމްސީލުކުރައްވަނީ ހަމަ އެ ދާއިރާއެވެ. ހުޅުމާލެ ދާއިރާގެ ހުންނެވި އިބްރާހިމް ސުޖާއު މަޖލީހުގައި ތަމްސީލުކުރައްވަނީ އޭނާގެ އުފަން ރަށް ހިމެނޭ ބާރަށު ދާއިރާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް