ads
ކަމަދޫގައި މިއަހަރުގެ އީދު ހަރަކާތްތަކުފެ ތެރެއިން
ކަމަދޫ އަންހެނުންނާއި "ފޮށެނީ" ކަމަށް ބުނެ އާޒިމާގެ ނުރުހުން
ބޮދު އީދު ފާހަގަކުރަން ކަމަދޫގައި ބޭއްވި ގަރަކާތްތަކުގައި ބައިވެރިވި އަންހެން ކުދިންނާއި" ފޮށެނީ" ކަމަށް ބުނެ އާޒިމާ ޝުކޫރު ނުރުހުން ފާޅުކޮށްފިއެވެ.
Advertisement

މިއަހަރުވެސް ބޮޑު އިދާ ގުޅިގެން އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަނީ ނިސްބަތުން އާބާދީ މަދު ކުޑަކުޑަ ކަމަދޫގެ ވާހަކައެވެ. އެ ރަށުފައި ބޮޑު އީދު ފާހަގަކުރުން އެހެން ހުރިހާ ރަށްތަކާއި ތަފާތުވެފައި ކުލަގަދަ ވާހަކަތެކެެވެ. އަދި މިކަމުގައި ހުރިހާ އުމުރެއްގެ މީހުން ބައިވެރިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އެރަށަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. 

އީދު ހަރަކާތްތަކުގައި ބ. ކަމަދޫން ބައިވެރިވި ރަށު ޒުވާން އަންހެން ކުދިންގެ ރީތިކަމުގެ ވާހަކަތައް ހިމަނާ މިހާރު ކުރަމުންދާ ޕޯސްޓްތަކަށް ރައްދެއް ދެއްވަމުން "ޕީލިން ޑިސަޕޮއިންޓް" ޖަހާ އާޒިމާ ޝަކޫރު ފެބީގައި ކުރި ޕޯސްޓެއްގައިވަނީ އެއީ އެކުދިންނާ "ފޮށުން" ކަމަށް ސިފަކޮށްފައެވެ. އަދި މި ހަރަކާތްތަކުގައި ފިރިހެނުންވެސް ބައިވެރިވިއިރު އެމީހުންނާއި މި ބީދައިން "ނުފޮށޭ" ކަމަށް ބުނެ އާޒިމާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

" ކަމަދޫ ގެ ފަތްމިނި ކުދިންނަށް ޓާގެޓްކޮށް މި ކުުރަނީ ކޮންކަމެއް ހެއްޔެވެ. ރަށުގެ ކުދި ބޮޑު އަންހެން، ފިރިހެން އެންމެން އެކުގައި ކުރި ކަމެއްގައި ބައިވެރިވުން ފިޔަވާ އެކުދިން ކުރީ ކީއް ހެއްޔެވެ. އެކުދިން ހުނި ޖަހާލައިގެން ނަގާ ފޮޓީ ޝެއާކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެ ކުދިން ކުރިކަމަކީ ރީތިވުމެވެ. އަންހެނުންނަށް ވުމެވެ. މީ "ފޮށުން ނޫން ކޮންކަމެއް ހެއްޔެވެ. އޮބްޖެޓިފައި ކުރުން ނޫން ކޮންކަމެއް ހެއްޔެވެ." އާޒޒިމާ ޝަކޫރު ފެބީގައި ކުރި ޕޯސްޓްގައިވެއެވެ.

your imageއާޒިމާ އެފްބީގައި ކުރި ޕޯސްޓް

ކަމަދޫގައި ގިނަ ބައެއްގެ ލޮލުގައި އަޅާގަތީ މިދިޔަ އަހަރުގެ ބޮޑު އީދުގެ ކުޅިވަރުތަކާއި އެކު އާއްމުވި ފޮޓޯތަކާއި އެކުއެވެ. އޭގެ ފަހުން މިއަހަރު އެ ރަށުގެ އީދު ކުޅިވަރުތައް ބަލާލުމަށް އެތައް ބަޔަކު ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ.

އީދު ފާހަގަކުރަން ކަމަދޫގައި ހިންގި ހަރަކާތްތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި އެރަށުން މި ހަރަކާތްތަކުގައި ބައިވެރިވި ޒުވާން އަންހެން ކުދިންނަކީ "ފަތްމިނިން" ގެ ގޮތުގައި ސިފަކޮށް ކަމަދޫ އީދުގެ ކުޅިވަރުތަކުގެ ފޮޓޯތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މިޑިއާގައި ދައުރުވެސްކުރަމުންނެވެ. 

 
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް