ads
އަލީ ރަމީޒު--
ކުރިން ކީ ލަވަތައް ފެތުރުމަކީ އަހަންނަށް ދެވޭ އަނިޔާއެއް: އައްޔަ
އަލީ ރަމީޒުގެ އޭނާގެ ލަވަތައް އެއެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް އެދި އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
Advertisement

ލަވަކިޔުން ހުއްޓާލުމަށްފަހު އަލީ ރަމީިޒު އޭރު އެދުނު އެދުން އަލުން އެކްސްގައި މިއަދު ހިއްސާކުރަމުން އައްޔަ ބުނީ އޭނާގެ އެދުމާއި ނަސޭހަތް އަނެއްކާވެސް ހަނދާކޮށްދޭކަމަށެވެ. އެގޮތުން އޭނާ ލަވަކިޔުން ހުއްޓާލާ މިއުޒިކާއި ދުރަށް ދިޔައީ މިއުޒިކް ކުޅުމާއި ލަވަކިޔުމަކީ ހަރާމްކަމެއްކަން އިތުބާރު ހުރި އިލްމުވެރިންގެ ބަސްފުޅުތަކުން ޝައްކެއް ނެތް މިންވަރަށްް އެނގި ސާބިތުވުމުންކަމަށެވެ.  

އައްޔަ ބުނީ އޭނާއަކީ މިހާރު ﷲ ޓަކައި މިއުޒިކަށް އިންތިހާއަށް ނަފްރަތު ކުރާ މީހެއްކަމަށެވެ. އަދި އޭނާ މިއަދު މަސައްކަތް ކުރަނީ އިސްލާމް ދީންގެ ރިވެތި ހިދާޔަތުގައި އޭނާގެ އަނބި ދަރިން ތަރުބިއްޔަތު ކުރުމުގައިކަމަށެވެ. އެހެންކަމުން ނޭގުމުގައި ހުރެ އޭނާ ކިޔަފާފައިވާ ލަވަތައް އެކި ޕްލެޓް ފޯމުތަކުގައި ނުފެތުރުމަށް އަލީ ރަމީޒު ވަނީ އެދިފައެވެ. އަދި ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އެށާ ރުހޭކަމެއް ނޫންކަމަށާއި އެދި އެކަމަކީ އޭނާއަށް ކުރާ ވަރަށް ބޮޑު އުނދަގުލެއްކަމަށްވެސް އައްޔަ ވަނީ ބުނެފަ އެވެ. 

" އެހެންކަމުން އަޅުގަނޑު ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ، ރޭޑިއޯތަކުން ފޮނުވުމާއި އޭގެން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އިތުރުން އެހެން އެއްވެސް ވަސީލަތެއްގައި އަޅުގަނޑުގެ ލަވަތައް ފެތުރުމާއި، އަޅުގަނޑުގެ މިއުޒީކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި އަޅުގަނޑާއިއ މިއުޒިކާއި ގުޅުވައިގެން މިއަދުވެސް އަދި އަޅުގަނޑު ނެތް ދުނިޔެއެއްގައިވެސް އިސްލާމުދީނުގައި މަނާކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އަޅުގަނޑު ރުހޭކަމެއް ނޫން." އަލީ ރަމީޒުގެ އެދުމުގައިވެ އެވެ.

އައްޔަ އޭނާގެ ޕޯސްޓް ނިންމާލަމުން ބުނީ އޭނާގެ ލަވަތައް ބޭނުންނުކުރުމަށް ވަރަށް އާދޭހާއި އެކު އެދިފަ އެވެ.

"ވީމާ މިފަދަ ކަމެއް އެއްވެސް ނުކުރުމަށް އެންމެހައި ބޭފުޅުންގެ އަރިހުން އަޅުގަނޑު އާދޭސް ދަންނަވަން." އަލީ ރަމީޒުގެ ޕޯސްޓްގައިވެއެވެ.

ރާއްޖޭގައި ލަވަކިޔުމުގައި އެންމެ ކުރީގައި ހުރުމަށްފަހު އައްޔަ ވަނީ އެ ކަން އެކޮށް ހުއްޓާލާފައެވެ. އަދި މިހާރު އައްޔަގެ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކެ ކުރަނީ އިސްލާމް ދީނީގެ ދައުވަތު ފެތުރުމެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް