ads
ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންޓްރީ ޑިރެކްޓަރަކަށް އައްޔަންކުރި ސިސްލެން
ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންޓްރީ ޑިރެކްޓަރަކަށް ސިސްލެން
ވޯލްޑް ބޭންކުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން އައްޔަންކޮށްފި އެވެ.
Advertisement

ވޯލްޑް ބޭންކުން ބުނީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައެޅި ސިސްލެން ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. މީގެކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދު-ޒެރްވޯސް އެވެ.

ސިސްލެން އެންމެފަހުން މަސައްކަތް ކުރެއްވީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޕްރެކްޓަކްސް މެނޭޖަރަކަށެވެ. އެމެރިކާ އަދި އިޓަލީގެ ރަށްވެހިކަން އޮންނަ ސިސްލެން ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އޭނާ ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރު އެވެ.

ސިސްލެން ވިދާޅުވި ގޮތުގައި ރާއްޖެ، ނޭޕާލް އަދި ލަންކާގެ ކަންޓްރީ ޑިރެކްޓަރުގެ ހައިސިއްޔަތުން ގައުމުތަކުގެ ސަރުކާރުތަކާއި ތަރައްގީގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ގުޅުންހުރި އިތުރު ފަރާތްތަކާ އެކު މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. އެގޮތުން އަވަސް ހަރުދަނާ ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސިސްލެން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް