އެމްޕީއެލް އިން މިއަދު ބުނީ އެ ކުންފުނީގެ ސީއީއޯ ވަޖީހުގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހަދައި، އެ އެކައުންޓް މެދުވެރިކޮށް އެކި ފަރާތްތަކަށް މެސެޖްކުރަމުންދާ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ވަނީ ބުނެފަ އެވެ.
އެ ކުންފުނިން މިއަދު ވަނީ ފޭކް އެކައުންޓާއި އަސްލު އެކައުންޓު އެނގޭނެހެން ގްރެފިކެއް ވެސް އާންމުކޮށްފަ އެވެ.
އެމްޕީއެލް ގެ ސީއީއޯއަކަށް އިސްމާއިލް ވަޖީހު އައްޔަން ކުރެއްވީ މީގެ 6 މަސް ކުރިންނެވެ. އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވާފައިވާ ވަޖީހު ވަނީ އެމްޕީއެލްގައި 9 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. އޭނާ ވަނީ އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ކުރައްވައިފައެވެ.