މުބާރާތުގެ ފުރަތަމަ މެޗުގައި، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ، ކެނެޑާއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ފަށާނީ ރާއްޖޭ ގަޑިން ފަތިހު ފަހެއް ޖަހާއިރުއެވެ.
މި މެޗަށް ނުކުންނައިރު، އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަން ކަމަށް ވިޔަސް، ކެނެޑާއަކީ މޮޅު ޓީމެއް ކަމަށް ދެކި، އެ މެޗަށް އާޖެންޓީނާއިން ފުރިހަމައަށް ތައްޔާރުވާނެ ކަމަށް އާޖެންޓީނާގެ ކޯޗުވަނީ ބުނެފައެވެ.
އާޖެންޓީނާއަކީ އެންމެ ފަހުގެ ވޯލްޑްކަޕްގެ އިތުރުން އެންމެ ފަހުގެ ކޮޕާ އެމެރިކާގެވެސް ޗެމްޕިއަނުންނެވެ. އެކަމަކު އެއީ މާޒީ ކަމާއި މިހާރު ހުރިހާ ފޯކަސްއެއްވެސް ހުރީ ކުރިއަށް އޮތް މެޗަށް ކަމަށް އާޖެންޓީނާގެ ކޯޗު ބުނެފައިވެއެވެ.
ކޮޕާ އެމެރިކާގައި 16 ގައުމަކުން ވާދަކުރާނެއެވެ. އާޖެންޓީނާ ގްރޫޕުގައި ކެނެޑާއާއެކު ދެން ހިމެނެނީ ޕެރޫ އަދި ޗިލީއެވެ.