ads
އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން
ޑެންމާކާ އެއްވަރުވެ އިނގިރޭސިންނަށް އިތުރު އިންތިޒާރެއް
ޔޫރޯގައި އިނގިރޭސިންނާއި ޑެންމާކު ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.
Advertisement

އިގިރޭސިންނާ ޑެންމާކުގެ މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އިންގްލޭންޑް އޮތް ނަމަވެސް، ދެވަނަ ބުރުން ފުރުސަތެއް ހޯދުމަށް އިންގްލަންޑަށްވަނީ ފަހު މެޗަށް އިންތިޒާރު ކުރަން ޖެހިފައެވެ.

ގްރޫޕުގެ އެއްވަނައިގަ އިންގްލެންޑް އޮތް އިރު، ދެވަނައިގަ އޮތީ ޑެންމާކެވެ. ޑެންމާކުގެ ދެ މެޗުވެސް އެއްވަރުވެފައިވުމުން އެ ޓީމަށް ދެ ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގަ ސްލޮވީނިއާވެސް އޮތީ ދެ ޕޮއިންޓާއެކުއެވެ. އެ ޓީމުންވެސް ކުޅުނު ދެ މެޗުންވެސް ވީ އެއްވަރެވެ. ފުލުގައި ސާބިއާ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ. އެހެންކަމުން، މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.

އިންގްލޭންޑާ ޑެންމާކުގެ މެޗުގައި އިންގްލޭންޑަށް ލަނޑު ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. ޑެންމާކަށް އެއްވަރު ކޮށްދިނީ، މޯޓެން ހިއުލްމަންޑްއެވެ.

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އިންގްލެންޑުން ކުޅޭނީ ސްލޮވީނިއާއާ އެވެ. ސާބިއާ ބައްދަލުކުރާނީ ޑެންމާކާ އެވެ. ދެ މެޗު ކުޅޭނީ އެއް ވަގުތެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް