އެ ކައުންސިލުން ބުނީ ފަންކާތައް ވަގަށް ނަގާފައިވަނީ މާފަނުންނުގައި ހުންނަ އީދު މިސްކިތުންކަމަށެވެ. އެ މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ މި މައްސަލަ ފުލުހުންނަށްް ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމުން މިވަނީ އިތުރުވެފައެވެ. އެގޮތުން މިސްކިިތްތަކުގައި ހުންނަ ފަންކާތަކާއި ފެންމޯޓަރުތައް ވަގަށް ނެފުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އަދި މިސްކިތްތަކުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ. އާއްމުކޮށް މިސްކިތްތަކުން ވަގަށް ނަގަމުން އަންނަނީ ފާރުގައި ހަރުކޮށްފައި ހުންނަ ސްޓޭންޑްް ފަންކާތަކެވެ. ވައްކަން ކުރުން އިތުރުވުމުން ބައެއް މިސްކިތްތަކުގައި މި ފަދަ ތަކަތި ހަރުކޮށްފައި ހުންނަނީ ޗޭނު ޖަހާފައި ވަގަށް ނުނެގޭގޮތް ހަދާފައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް އިލްތިމާސްކޮށްފައެވެ.