މި ޒުވާނާ ވެއްޓިފައިވަނީ ހދ. ނޮޅިވަރަމުގައި ބަނދަރު ސަރަހައްދަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ނޮޅިވަރަމް ގާޑްނިޔާ އުމުރުން 32 އަހަރުގެ އިލްޔާސް އިބްރާހިމްއެވެ. އެނގިފައިވާ ގޮތުގައި އިލްޔާސް ސަައިކަލާއެކު މޫދަށް ވެއްޓުނީ އެކުވެރިންނާއި އެކު ބާބަކިއު ހަދަން އުޅުމަސްފަހު ފިނި އެއްޗެއް ގަންނަ ފިހާރައަކަށް ދިޔަ މަގުމަތީގައެވެ.
އޭނާ މަރުވީ ސައިކަލާއެކު މޫދަށް ވެއްޓުމުން ނަގައިގެން ގެންގޮސް އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައެވެ. އިލްޔާސްގެ ޖަނާޒާގެ ކަންކަން އޮތީ މިއަދު ހެނދުނު 10:00 ގައި ނޮޅިވަރަމް މަސްޖިދުއްސަލާމްގައެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓްލިބުނީ ރޭ 21:15 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންކަމަަށް ފުލުހުން ބުނެއެވެ.