ރާއްޖޭ ގަޑިން ރޭ ފަތިހު ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މެޗުގައި އާޖެންޓީނާއިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.
ދެ ވަނަ ހާފުގެ ތިންވަނަ މިނިޓުގައި މި ލަނޑު ޖެހީ އަލްވަރޭޒްއެވެ. އަދި އާޖެންޓީނާގެ ދެވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލަޓާރޯ މާޓިނޭޒް އެވެ.
ކޮޕާ އެމެރިކާގައި 16 ގައުމަކުން ވާދަކުރާނެއެވެ. އާޖެންޓީނާ ގްރޫޕުގައި ކެނެޑާއާއެކު ދެން ހިމެނެނީ ޕެރޫ އަދި ޗިލީއެވެ.