ޖަލަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ވައްދާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ.
ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރުތައް ހަރުކުރީ މިދިޔަ ހަފްތާގެ ތެރޭގައިކަމަށެވެ. އަދި ބޮޑީ ސްކޭނިން މެޝިންތައް ބަހައްޓާނެކަމަށާއި އެމަސައްކަތް އަންނަ މަހު ފަށާނެކަމަށްވެސް އަލީ އިހްސާން ވިދާޅުވިއެވެ.
ވަޒީރު އިހްސާން ވިދާޅުވީ އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުތަކުން ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރާނެކަމަށެވެ.
ޖަލަށް ވަގަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ވެއްދުމުގެ ތުހުމަތު ބޮަޑަށް ކުރެވެނީ ޖަލު ބަލަހައްޓާ އޮފިސަރުންނެވެ. ޖަލަށް ވަގަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ދާދި ފަހުންވެސް ވަނީ ޖަލު އޮފިސަރަކު ހަރުކޮށްފައެވެ..