ads
މިސްކިތުގައި ފަންކާ ހަރުުކުރުމަށްް ފަހު ޗޭނު އަޅުވާފައި
މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް
މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކުރުމުގެ 21 މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅާފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިދިޔަ 20 ދުވަސްތެރޭ އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށާ އެ މައްސަލަތައް ފުލުހަށް ހުށައަޅަން ތައްޔާރުވަމުންދާ ކަމަަށް މާލޭ ސިޓީ ކައުންސިލުން ރޭ ބުނެފައި ވަނިކޮށެވެ.

ޝިފާން ވިދާޅުވީ، މާލޭގެ މިސްކިތްތަކުން އެންމެ އާންމުކޮށް ވަގަށް ނަގާތަކެތީގެ ތެރޭގައި ފަންކާއާއި ފެން މޯޓަރު އަދި ފޯނު ހިމެނޭ ކަމަށެވެ. 

އަދި މި މައްސަލަތަކުގައި ވައްކަންކޮށްފައިވާ ތަކެތީގެ ތެރެއިން 6 ފަންކާ، 2 ފޯނު، އަދި ފެން މޯޓަރެއް ހޯދައި، މިސްކިތްތަކާ މިހާރު ހަވާލުކޮށްފައިވާކަމަށް ޝިފާން ވިދާޅުވި އެވެ.

މީގެ ކުރިން ފުލުހުން ވަނީ މިސްކިތްތަކުން ވައްކަން ކުރި ބައެއް މީހުންގެ ވީޑިއޯ އާންމުކޮށްފަ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް ހައްލެއް ނުލިބެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް