ads
ތ.ވޭމަންޑޫ
ވޭމަންޑޫގައި ސައިކަލެއް ޓޯކުރިއިރު އަމަލު ކުރިގޮތް ފުލުހުން ބަލަން ފަށައިފި
ގަވާއިދާ ހިލާފަށް ސައިކަލް ދުއްވި މީހަކު ހުއްޓުވާ ޖޫރިމަނާކޮށް ސައިކަލް ޓޯކުރި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާއިމެދު އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ މައްސަލަ އިތުރަށް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
Advertisement

މީޑީއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިމަހުގެ 12 ވަނަ ދުވަހު ތ.ވޭމަންޑުގައި މީހަކު ހުއްޓުވާފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ސައިކަލުގައި ވަނުމަށްފަހު ނުކުމެގެން ދަނިކޮށް ކަމަށެވެ. އެ މީހާ ހުއްޓުވައި ބެލިބެލުމުން އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތްކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

ލައިސެންސް ނެތި ސައިކަލު ދުއްވުމުގެ ކުށުގައި ސައިކަލު ދުއްވި މީހާ ޖޫރިމަނާކުރުމަށްފަހު ސައިކަލު ޓޯކުރީ 15 ދުވަހުގެ މުއްދަތަކަށް ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

18 އަހަރުގެ ކުއްޖަކާ ފުލުހުން ބޭއަދަބީ ކޮށް ވާހަކަ ދެއްކުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް އާއިލާއިން ބުނުމުން ފުލުހުން ވަނީ ހާދިސާ އިތުރަށް ބެލުމަށްފަހު ހިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އާއިލާއަށް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް