މިދުވަސްވަރު ސައުދީގައި ހޫނުމިން ހުރީ 50 ޑިގްރީއަށް ވުރެ މަތީގައެވެ. އެހެންކަމުން ސައުދީ ސަރުކާރުން ވަނީ ހޫނު މޫސުން ނިމެދެން ހުކުރު ވަގުތު ކުރުކުރުމަށްް ދެ ހަރަމަށް އަންގާފައެވެ.
މި ބަދަލާއިއެކު މެންދުރު ނަމާދަށް ގޮވާތާ 10 މިނެޓްތެެރޭ ހުކުރު ބަންގި ދީ ހުކުރު ހުތުބާ ފަށަން ޖެހެއެވެ. އަދި ދެ ހުތުބާއެއްކޮށް 15 މިނެޓަށް ވުރެ ދިގު ނުކުރާންވެސް ވަނީ އަންގާފައެވެ. މިީ މިއަހަރު ހުކުރު ކުރުކުރަން އެންގި ދެވަނަ ފަހަރެވެ.
މި އަހަރު 1.8 މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިއިރު، 1000 ހައްޖުވެރިން ވަނީ މަރުވެފައެވެ. މީގެތެރޭގައި ގިނައީ ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެންނާއި ހޫނުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވެގެން މަރުވި މީހުންނެވެ.
ސައުދީން މިދިޔަ މަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ ސަރަހައްދުގެ ފިނިހޫނުމިން ކޮންމެ ދިހައަހަރަކުން 0.4 ޑިގްރީ ސެލްސިއަސް (0.72 ޑިގްރީ ފެރެންހައިޓް) މައްޗަށް އަރައެވެ. ސައޫދީން މިދިޔަ މަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސް އަށް މަތިވެ އެވެ.
މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވިއެވެ.