ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
ޑްރަގު ރިހިބިލިޓޭޝަން ސެންޓަރެއް ހިންގަން މެލޭޝިއާ ބަޔަކު ޝައުގުވެރިވެއްޖެ
ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކޮށް ހިންގުމުގެ ޝައުގުވެރިކަން މެލޭޝިޔާ ކުންފުންޏަކުން ފާޅުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅި ކުންފުންޏަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ފަރުވާ ދިނުމަށް ސެންޓަރުތައް ގާއިމުކޮށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ އެކަމުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގައި މަސްތުވާތަކެއްޗަށް ގޮސް އޭގައި ދެވިހިފާފައި މިތިބޭ ގިނަ މީހުންނަކީ އެހާ ފޯރުންތެރި މީހުންނެއް ނޫން. އެހެންވެ އަޅުގަނޑުމެން އެބަބަލަން މިއަށް ކިހިނެއްތޯ ހައްލެއް ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަކީ އެހާ ފޯރުންތެރި ބައެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެންޑީއޭގެ ބަޖެޓުން ނުވަތަ އާސަންދައިގެ ތެރެއިން ފަރުވާ ދެވޭނެ ނިޒާމެއް އޮތްތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މިވަގުތު ތިން ރިހިބިލިޓޭޝަނެއް ހިންގަމުން ދަނީ ކ. މާފުށީގައި އާއި ހުޅުމާލޭގެ އިތުރުން މާލޭގައެވެ. މީގެއިތުރުން ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގައި މިފަދަ ސެންޓަރުތަކެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 8،000 މީހުންނާ ގާތްކުރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް މިސަރުކާރުން ގަބޫލުކުރާތީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުގައި އެންޑީއޭ ކުރިން ހިންގަމުން ގެންދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް