ads
ޒީނާ ޕީއެންސީއަށް ސޮއިކުރި ކަމުގެ ރަސްމިއްޔާތުގެ ތެރެއިން
ވ. ތިނަދޫގެ ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރެއްވި ޒީނާ ޕީއެންސީއަށް ސޮއިކުރައްވައިފި
ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ އަހުމަދު، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.
Advertisement

އަމިއްލަ ގޮތުން ވާދަކުރައްވައި ތިނަދޫ ޑަބްލިއުޑީސީގެ ގޮނޑި ޒީނާ ކާމިޔާބުކުރެއްވީ ޖުމުލަ 278 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު، މެންބަރޝިޕް ފޯމު މިރޭ ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ބައި-އިލެކްޝަންގައި ޒީނާ އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް، އޭނާ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި ޒީނާ ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއި، ޕާޓީ ހިންގުމުގައި ގެންގުޅުއްވާ އުސޫލުތައް ބަލައިގަނެ، ސަރުކާރާއެކު ކުރިއަށް ވަޑައިގަތުމުގެ ވިސްނުމުގައެވެ. އަދި މި ނިންމުމުން ހާމަވެގެންދަނީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ތާއީދު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ޕީއެންސީއަކީ ހުރިހާ ފަންތިއަކާއި އުމުރަކަށް ވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި، އެކަތިގަނޑެއްގެ ގޮތުގައި ތިބެ ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި މަސައްކަތް ކުރުމަށް އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ޗެއާޕާސަން އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ޒީނާ އެ ގޮނޑި ކާމިޔާބުކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމް އާ ވާދަކުރައްވައިގެންނެވެ.  

ޒީނާ ޕީއެންސީ އަށް ސޮއި ކުރެއްވި އިރު، ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި ވ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ޝުޖާއު ވަނީ އަލުން އެމަގާމަށް އިންތިހާބު ވެވަޑައިގެންފައެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާއު އިންތިހާބު ކާމިޔާބުކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް