ads
ވެލާނާގެ - ފޮޓޯ:ސަން
މަސައްކަތްކުރާ އާބާދީގެ 11.9 އިންސައްތައަކީ ސިވިލް ސާވަންޓުން: ދިރާސާ
ރާއްޖޭގައި މަސައްކަތްކުރާ އާބާދީގެ 11.9 އިންސައްތައަކީ ސިވިލް ސާވަންޓުންކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
Advertisement

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2022 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާގެ ތަފާސްހިސާބުގެ އާންމުކުރީ 2023 ވަނަ އަހަރުގަ އެވެ. އެ ދިރާސާއިން ދައްކާގޮތުގައި ރާއްޖޭގެ ޖުމްލަ މަސައްކަތް ކުރާ އާބާދީއަކީ 262،670 އެވެ. އެގޮތުން ވޯކިން ފޯސް ނުވަތަ މަސައްކަތްކުރާ އާބާދީގެ އެ އަދަދުގެ ތެރެއިން 128،760 މީހުންނަކީ އަންހެނުން ކަަމަށްވާއިރު 133،910 މީހުންނަކީ ފިރިހެނުންނެވެ.

މީގެއިތުރުން 2022 ގެ ތަފާސްހިސާބުތަކުން ރާއްޖޭގައި 262،670 މީހުންގެ މަސައްކަތްކުރާ އާބާދީ އޮތްއިރު އޭގެތެރެއިން ސިވިލް ސާވިސް މަސައްކަތުގައި އުޅެނީ އެންމެ 28،294 މީހުންކަމަށް އެއިރުގެ ދިރާސާއިން ދައްކައެވެ. 28،294 ސިވިލް މުވައްޒަފުންގެ ތެރެއިން 18،319 މީހުންނަކީ އަންހެނުންކަމަށްވާއިރު 9،975 މީހުންނަކީ ފިރިހެން މުވައްޒަފުންނެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިއަދަދު މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން ނިމިދިޔަ މޭމަހުގެ ނިޔަަލަށް ސިވިލްސާވިސްގައި 31،287 މުވައްޒަފުން މަސައްކަޔްކުރާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެއީ 20،446 އަންހެން ސިވިލް ސާވަންޓުންނާއި 10،841 ފިރިހެން ސިވިލް ސާވަންޓުންނެވެ. މީ ރާއްޖޭގައި މަސައްކަތްކުރާ އާބާދީގެ 11.9 އިންސައްތަ އެވެ.

ރާއްޖޭގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިހާރުވެސް ސިވިލް ސާވިސް ވަޒީފާތަކުގައި އެންމެ ގިނައިން މަސައްކަތްކުރަނީ އަންހެން މުވައްޒަފުންނެވެ.  

މިމަހު ކުރީކޮޅު ބޭއްވި "ސިވިލް ސާވިސް ފޯރަމް 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސަރުކާރު އިދާރާތަކަށް ނަގާ މުވައްޒަފުން ނެގުމުގެ ބާރު އެތަންތަނުގެ ވެރިންނަށްް ލިބޭ ބަދަލު މިހާރު ގެނެސްފައިވާކަމަށެވެ. އެގޮތުން އެކަން ކުރެއްވީ ކޮމިޝަނުގެ މަސައްކަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުންކަމަށް ނާސިހު ވިދާޅުވި އެވެ. 

އަދި އެ ބަދަލަކީ މިނިސްޓްރީތަކާއި ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށްވެސް ނާސިހު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް