ގެއްލިގެން ހޯދަނީ ގދ. ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:08 ހާއިރުކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ހަވީރު 5:00 ހާއިރު ގެއިން ކަމަށް އާއިލާއިން ބުނެ އެވެ.
ގެއްލިގެން އުޅޭ ކުއްޖަ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ އާއްމުން ގުޅިގެން ދަނީ ކުރަމުންނެވެ.