ޗެކް ރިޕަބްލިކާ ޖޯޖިއާ މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުވެސް ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން ދެ ޓީމުންވެސް މި މެޗުން މޮޅުވާން ބޭނުންވިއެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ތުރުކީ އަތުން ޕޯޗުގަލްވަނީ މޮޅުވެފައެވެ. ފަހު މެޗުތަކަށް ބަލާއިރު، ޖޯޖިއާ އިން ޕޯޗުގަލްއާ ކުޅޭއިރު، ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ތުރުކީއާ އެވެ.
މި މެޗުގައި ޖޯޖިއާ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. ޗެކް ރިޕަބްލިކުން އެއްވަރުކުރީ މެޗުގެ 59 ވަނަ މިނިޓްގައި ޝިކް ޖެހި ލަނޑުންނެވެ.