ads
ޕޯޗުގަލް - ތުރުކީ މެޗުގެ ތެރެއިން
ތުރުކީ ސައިޒަށް ކަނޑާ، ޕޯޗުގަލް ގޮވައިގެން ރޮނާލްޑޯ ދެވަނަ ބުރަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ތުރުކީ ކޮޅަށް ތިން ލަނޑު ޖަހައި ފަސޭހަކަމާއެކު ދެވަނަ ބުރުން ޕޯޗުގަލް ފުރުސަތު ހޯދައިފިއެވެ.
Advertisement

ޕޯޗުގަލް ދެވަނަ ބުރު ކަށަވަރު ކުރީ، ދެ މެޗުން ހަ ޕޮއިންޓާއެކު ސައްތައިން ސައްތަ މޮޅުގެ ރިކޯޑަކާއެކުއެވެ. ފުރަތަމަ މެޗުގައި ޕޯޗުގަލްއިން ޗެކް ރިޕަބްލިކް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، ތުރުކީ މެޗަށް ނުކުތީ އެ ތިން ޕޮއިންޓާއެކުއެވެ. އަދި ތިނެއް ސުމަކުން ތުރުކީ މައްޗަށް ކުރި ހޯދައި ހަ ޕޮއިންޓާއެކު ދެވަނަ ބުރު ކަށަވަރު ކުރީއެވެ. ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ޖޯޖިއާއާ ދެކޮޅަށެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ޕޯޗުގަލްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގަ ތުރުކީ އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ހަތަރެއްގައި އޮތް ޖޯޖިއާ މިރޭ އެއްވަރުވިއިރު، އެ ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ތުރުކީ މެޗުގައި ޕޯޗުގަލްއިން ލީޑު ނެގީ ބެނާޑޯ ސިލްވާ ޖެހި ލަނޑުންނެވެ. ޕޯޗުގަލް އިން ޖެހި ދެ ވަނަ ލަނޑަކީ ތުރުކީގެ ޑިފެންޑަރު، ސާމިތު އަކައިދިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕޯޗުގަލް އިން ތިން ވަނަ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ، ކްރިސްޓިއާނޯ ރޮނާލްޑޯ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ފެނާންޑޭޒް ޖެހި ގޯލެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް