ads
ފޯ ސީޒަންގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގުރާމް ފުރިހަމަ ކުރި ޒުވާނުން
ފޯ ސީޒަންގެ އެޕްރަންޓިސްޝިޕް ޕްރޮގްރާމް 49 ދަރިވަރުން ފުރިހަމަކޮށްފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފެންވަރުގައި ރިސޯޓުތައް ހިންގާ ފޯސީޒަންސް އިން ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި މުވައްޒިފުން ތަމްރީނުކުރުމަށް ކޮންމެ އަހަރަކު ހިންގާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުން ބާއްވައި، އާ ބެޗެއް ފަށައިފި އެވެ.
Advertisement

މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންގެ ގްރެޖުއޭޝަން އިއްޔެ އެމްއެންޔޫގެ އޮޓިޓޯރިއަމްގައި ބާއްވާފައިވެ އެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝިފާއު ވަނީ، އެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި 2025 ވަނަ އަހަރުގައި 73 ބައިވެރިންނާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވުމުން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.

ފޯ ސީޒަން އިން ބުނީ، އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ދާއިރާއަށް ގިނަ ދިވެހީން ނެރުން ކަމަށާއި، އެ ޕްރޮގުރާމު ނިންމާ ފަރާތްތަކަށް ރިސޯޓުތަކުން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ވަޒީފާ ހަމަޖެހިގެންދާނީ ހަމައެކަނި ފޯ ސީޒަން ރިސޯޓުން އެކަނި ނޫން ކަމަށާއި ބައެއް ރިސޯޓުތަކުން ކުދިން ތިބިތޯ ބަލައި އެ ރިސޯޓުތަކުން ވެސް ވަޒީފާ ހަމަޖައްސައިދޭ ކަމަށް ވަނީ ބުނެފަ އެވެ.

އިއްޔެ މި ކޯހުން ދަރިވަރުން ދަސްވެނިވީ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ފުޑް އެންޑް ބެވެރޭޖް ޕްރެޕެރޭޝަން
  • ފުޑް އެންޑް ބެވެރޭޖް ސާވިސް
  • ޕަޑީ ޑައިވް މާސްޓާ
  • ވޯޓާ ސްޕޯޓްސް
  • މެރިން ބަޔޮލޮޖީ
  • ރީޓެއިލް
  • ހައުސް ކީޕިން އެންޑް ގެސްޓް ސާވިސަސް
  • ސޭފް މެރިޓައިމް ޓްރާންސްޕޯޓް
  • ފްރޮންޓް އޮފީސް އެންޑް ރިކްރިއޭޝަންސް
  • އިންޖިނިއަރިން

ފޯސީޒަންސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަދި ފޯސީޒަން ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރމާންޑޯ ކްރެންޒްލިން އިސްވެ ހުންނަވައި 2000ގެ ކުރީކޮޅު ފެށި މި ޕްރޮގްރާމަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އެޕެރެންޓިސްޝިޕް ޕްރޮގްރާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަރމާންޑޯ ވިދާޅުވީ، މިހާ ކާމިޔާބުކަމާއެކު އެހާ ދިގު މުއްތަކަށް މި ޕްރޮގްރާމް ހިންގިފައިވީނަމަވެސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެގޮތުން، ބައިވެރިން ހޯދުމުގެ ދަތިކަން އޭނާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް