ads
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އަދި އެމްޑީޕީ ބައެއް މެންބަރުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ސަރުކާރުގައި ކޮންމެ ހޯމައަކު މަސްވެރިންނަށް ފައިސާ ލިބޭ: ނާޒިލް
ކުރީގެ އެމްޑީޕީ ސަރުކާރުން އަބަދުވެސް ހަފްތާއެއް ނިމިގެން އަނެއް ހަފަތާއަށް އަންނައިރު، އެ ހޯމަ ދުވަހުރޭ ފައިސާލިބޭކަމުގެ ޔަގީންކަން އެއިރު މަސްވެރިންނަށް އޮންނަކަަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ މީގެ ކުރިން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ނިމިދިޔަ ހަފްތާގެ ފައިސާ، ފެށޭ ހަފްތާ ހޯމަ ދުވަހުގެ ރޭ، ރޭގަނޑު ދަންވަރު 12 ޖަހަންވާއިރަށް އަބަދުވެސް މަސްވެރިންނަށް ލިބިފައި އޮންނާނެކަމަށެވެ.


"އަބަދުވެސް ހަފްތާއެއް ނިމިގެން އަނެއް ހަފަތާއަށް އަންނައިރު، ހޯމަ ދުވަހުރޭ ލާރި ލިބޭނެކަން މަސްވެރިންނަށް ޔަގީންވެ، އޮޑިވެރިންނަށް ޔަގީންވޭ، އޮޑިވެރިންނަށް ޔަގީންވާތީވެ މަސްވެރިން އެ ދޯނިން މަހަށްދާ ފަޅުވެރިންނަށް ދާ ލާރި ކޮންމެވެސް ގޮތަަކަށް ހޯދާފަ މަސްވެރިންނަށް ހަވާލުކުރޭ ހަފްތާ ބަންދުތެރޭ އާންމުކޮށް" ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅު ކިރާލާގެން މެދުވެރިއެއްގެ ރޯލު ސަރުކާރުން އާދާކުރަނީ އެއީ ބަޖެޓުގައި ޖަހާގެން ދޭ ލާރިއެއް ނޫންކަމަށެވެ. އެގޮތުން ސަރުކާރުގެ މަސްކުންފުންޏަކީ މަސްވެރިން ބުރަމަސައްކަތްކޮށްފަ ބާނާގެން އަންނަ މަސްކޮޅު ކިރާފަ ނޫނީ ރާއްޖެއިްނ ބޭރަށް ގެންދަން ބަންދުކޮށްފަ ނުވަތަ އެ ވިއްކާގޮތަކަަށް ވިއްކާލައިގެން އެ ފައިސާ އަނބުރާ މަސްވެރިންނަށް ހޯދައިދޭން އޮންނަ ކުންފުންޏެއްކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށާއި މަސްވެރިންނަކަށް އެ ފައސާއަށް ވާ ގޮތެއް އެއްގޮތަކަށްވެސް ސާފެއް ނޫންކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. އަދި ގިނަދުވަސްވެ މަސްވެރިން މިހާރި ސުވާލުކުރަމުންދަނީ ފައިސާއަށް ވީގޮތުގެ ވާހަކަ ކަމަށް ނާޒިލް ވިދާޅުވިއެވެ.

"އެއީ އެއިރު ހޯމަ ދުވަހު ލިބޭކަން ޔަގީން ވާތީ، މިހާރު އޮޑިވެރިއަކަށްވެސް ޔަގީނެއް ނޫން ކޮންދުވަހަކުކަމެއް ލިބޭނީ، ކިހާ ދުވަހަކު ނުވަތަ ކިތައް މުއްދަތެއް ނަގާނެކަން، ކިތައް މަސްދުވަސްކަން ނަގާނީ، މަސްވެރިން މިހާރުވެސް އެ އެދޭ އެދުމަކީ އެ ޔަގީންކަން ކަށަވަރުކޮށްދޭށޭ، ވަޒިރު ކަށަވަރުކޮށްދޭށޭ އެ ޔަގީންކަން، 15 ދުވަސް ވެއްޖެއާ، 15 ދުވަސް ތެރޭ ލާރި ލިބޭނެކަން ކަށަވަރުލޮށްދޭށޭ، އެއީ އެ ބޭފުޅުންގެ ޑިމާންޑްއަކީ، އެއަށް ޖަވާބު ނުދެވިގެން މިއަދާ ހިސާބަށް އައީ، މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން މިދަނީ" ނާޒިލް ވިދާޅުވި އެވެ.

ނިމުނު އެމްޑީޕީގެ ސަރުކާރުގައި ގަވާއިދުން މަސްވެރިންނަށް ފައިސާ ދޭ ކަމަށް މިއަދު އެ ޕާޓީން ބުނި ނަމަވެސް މި ސަރުކާރުން ބުނާ ގޮތުގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވީ ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަަނަށްވުރެ ގިނަ ރުފިޔާ ދޫނުކޮށް ހުރުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން އީދު ޗުއްޓީގެ ކުރިން ބުނެފައިވަނީ ޖޫން 15 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. ދޮޅު މަހެއްހައި ދުވަހު ފައިސާ ދޫނުކުރެވި އޮތުމުން ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައި އޮތްކަމަށް އެއިރު މިނިސްޓްރީން ބުންޏެވެ.

ނިމުނު ހަފުތާގައި މިނިސްޓްރީން ބުނީ އެ ހަފުތާ ނިމުމުގެ ކުރިން ދޭންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކޮށް، މި ހަފުތާއިން ފެށިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބާކީ ހުރި ފައިސާ ދޫކޮށް ހަލާސްކުރާނެ ކަމަށެވެ.

މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް