ads
ރައީސް ޔާމީނާއި އަބްދުއްރަހީމް. އަބުއްރަހީމް ވީދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން އޮތްކަމަށް
އެންމެފަހުން އަދުރޭވެސް އެއްބަސްވެއްޖެ، ޔާމީންވެރިކަން ގެއްލުނީ ވައްކަމުގެ ސަބަބުން
ރައީސް ޔާމީންގެ ވެރިކަން ގެއްލުނީ ވައްކަމާއި ކޮރަޕްޝަންގެ ސަބަބުންކަމަށް އޭރު އެމަނިކުފާނާއި އެންމެ އަރިހުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެންމެފަހުން ވިދާޅުވެއްޖެއެވެ.
Advertisement

2013 އިން 2018 އަށް ރައީސް ޔާމީން ކުރެއްވި ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް މީހެއްގެ ގޮތުގައި އޭރު ހުންނެވީ އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. މިހާރު އަބްދުއްރަހީމް ހުރީ ޑރ، މުއިއްޒު އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިތުބާރުކުރައްވާ އެންމެ އަރިސް ބޭފުޅޭގެ ގޮތުގައެވެ. 

ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ،ވަކި މީހެއްގެ ނަން ވިދާޅުނުވެ، ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އޮތްކަމަށްް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުވެސް ހުންނެވި ވެރިކަމެއް 2018 ގައި ވެއްޓިގެ ދިޔައީ ވައްކަމާއި ހިޔާނާތަށް ނޫނެކޭ ނުބުނުމުންކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވާ ހިންގެވި "ސަދަގާތް ފައުންޑޭޝަން" ބައެއް ކަންކަމުގެ ވާހަކަ އަޑަށްް ބާރުލައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ. 

"ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން ސަތޭކަ ފަންސާސް، ދުއިސައްތަ ކޯޓާ ނަގައިގެން ކުރި ކަންތައް ކީއްވެތޯ މިއަދު ނުކުރަނީ؟ ކޮބައިތޯ މިއަދު ސޮދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯ ވީ؟ ކީއްވެތޯ ހިތާނީ މޫސުން ނުގެންނަނީ؟." އަބްދުއްރަހީމް ސުވާލުކުރެއްވިއެވެ.

އަބްދުއްރަހީމް ވިދަޅުވީ ޑރ. މުއިއްޒަށް ވެރިކަން ހޯދާދިނީ ރައީސް ޔާމީންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީކަމަށެވެ. އެގޮތުން ތިމާވަރުގެ މީހެއް ނެތިގެން އުޅޭ މަވެތިކަމަކަށް މިއަދަކު ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި ސިޔާސީ ކަންކަން ކާމިޔާބުކުރެވޭނީ ހިވާގި، ތެދުވެރި މީހުންނަށްކަމަށް އަބްދުއްރަހީމްް ވިދާޅުވިއެވެ. އަދި ބައިކިލޯއެއް ހަމަނުވާ މީހުން ގޮވައިގެން ފާޑު ނުކިޔުމަށް އަބްދުއްރަހީމް ގޮވާލިއެވެ. 

" ދެން މިބުނަނީ އަޅުގަނޑު ރާވައިގެން، މާކުރިން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނިއްޔޭ. މާކުރިން ރޭވީމޭ، ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީނު އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގެޔޭ އެމަނިކުފާނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެން ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން." ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަން ވެއްޓުނީ ހިޔާނަތަށް ނޫނެކޭ ނުބުނުމުންކަމަށް އަބްދުއްރަހީމް މިހާރު ވިދާޅުވާއިރު އޭރު އިންތިހާބުގެ ފަހުން ދެއްކެވި ވާހަކަތައް މުޅިން ތަފާތެވެ. އޭރު ރައީސް ޔާމީން ވެރިކަން ވެއްޓުނީ ވޯޓު އޮޅުވާލައިގެންކަމަށްް ބުނެ ރައީސް ޔާމީން ދެއްކެވި ވާހަކަތައް ދިފާއުކުރުމުގައި އެންމެ ކުރީ ސަފުގައި އަބްދުއްރަހީމް ހުންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް