ads
މިއަދު ރާއްޖެ އަންނަ ހާޖީން ފުރުމަށް ތައްޔާރުވެފައި.
ފުރަތަމަ 296 ހައްޖުވެރިން މިއަދު މެންދުރު އަންނާނެ
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް މިއަދު އެނބުރި ރާއްޖެ އަންނާނެއެވެ.
Advertisement

މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެތެރެއިން އެ ހާޖީއަކުން ވަނީ މައްކާގައި ނިޔާވެފައެވެ. 

ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ ފުރަތަމަ ގްރޫޕް މިއަދު މެންދުރު މާލެ އަންނާނެއެވެ. މި ގްރޫޕްގައި 296 ހާޖީން ރާއްޖެ އަންނާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. މި ހާޖީން ސައުދީން ފުރީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ތާރީހުތައް 

  • 24 ޖޫން
  • 28 ޖޫން
  • 01 ޖުލައި
  • 04 ޖުލައި

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އަންނަ މަހުގެ ރާއްޖެއަށް އައުމަށްް ހަމަޖެހިފައިވާ ދެ ގްރޫޕްގައި ހިމެނޭ ހާޖީން މިވަގުތު ތިބީ މަދީނާގައެވެ. 

ދިވެހި ހާޖީންގެ ތެރެއިން އެކަކު އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާއަށް ފަރުވާދެނީ ކޮން ބައްޔަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ނުބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް