ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ޑީބީއެމްގެ އޮފީސް ބައްލަވާލައްވަނީ
ޑިވެލޮޕްމެންޓް ބޭންކަށް މާޗު މަހުގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަކޮށްފި
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް މިދިޔަ މާޗް މަހުގެ 25ގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ގާނޫނީ ވަކީލު އަހްމަދު މައުރޫފް, ހުށަހެޅި ހުށައެޅުމަކަށް މައުލޫމާތު ދެއްމުން ފިނޭންސް މިނިސްޓްރީން ވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދަން މަދސައްކަތް ފެށި ފަހުން މިހާތަނަށް ކުރި ހޭދައިގެ ޖުމްލަ އަދަދު ދީފަ އެވެ. 

އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މާޗް މަހުގެ 25 ގެ ނިޔަލަށް, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދަން އެކި ކަންކަމަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ހަރަދުތައް ހިނގި ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީން ދީފައެއް ނުވެ އެވެ. 

އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26ގަ އެވެ. އެހެންނަމަވެސް އޭނާ ވަނީ 23 މާރޗް 2025 ގައި މަގާމުން އިސްތިއުފާދެއްވާފައެވެ. އޭގެ މަހެެއް ހާ ދުވަސް ފަހުން ބޭންކުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު އަލީ ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. 

ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް މިހާތަނަށް އެ ބޭންކުން ހިދުމަތެއް ދީ އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެ އެވެ. ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 13 އޮކްޓޯބަރު 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް