ads
ފަތުރުވެރިންތަކެއް: އަހަރުގެ މިހާތަނަށް 981070 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި - ފޮޓޯ:ވިޒިޓް މޯލްޑިވްސް
އަހަރުގެ މިހާތަނަށް 981070 ފަތުރުވެރިން، ރަޝިއާއިން ވެސް ލައްކަ ހަމަކޮށްފި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 981070 ފަތުރުވެރިން އައިއިރު، ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން،

  • ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 981070 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި
  • މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 890363 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެއް

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 88,825 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,638 ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ވަނީ ހޭދަކޮށްފަ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 113702 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.6 އިންސައްތަ)
  • ރަޝިއާ - 100677 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.1 އިންސައްތަ)
  • އިނގިރޭސިވިލާތް - 91032 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.3 އިންސައްތަ)
  • އިޓަލީ - 78515 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.0 އިންސައްތަ)
  • ޖަރުމަނުވިލާތް - 76324 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.8 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1203 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 14 ހޮޓަލާއި 864 ގެސްޓްހައުސްގެ އިތުރުން 150 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62356 އެނދު އޮޕަރޭޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް