ads
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް
ކޮވިޑްގެ މަރުތައް ތަހުގީގުކޮށް، ހައްގު ހޯދައިދިނުމަށް ގޮވާލައިފި
ކޮވިޑް19ގެ މަރުތައް ތަހުގީގުކޮށް، އެފަރާތްތަކު އާއިލާތަަކަށް ހައްގު ހޯދައިދިނުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
Advertisement

މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ 5 ވަަނަ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް ހުށަހެޅުއްވި ސިއްހަތާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހީމް މުހައްމަދު ވިދާޅުވީ ފާއިތުވި ދިޔަ ވެރިކަމުގައި ފެނިގެން ދިޔައީ އެ ބިލު ނެތުމުގެ ސަބަބުން އެއިރުގެ ޑިރެކްޓާ ޖެނެރަލްއަކަށް ހުންނެވި ބޭފުޅަކު ބޮޑު ފަސާދާގެ ސަބަބަކަށް ވެގެން ދިޔަ މަންޒަރުކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ވެންޓިލޭޓަރުން ވައްކަން ކުރުމާއި އަދި އެނޫނަސް ސިއްހީ ދާއިރާއިން ހޯލްސޭލްކޮށް ވައްކަން ކުރަމުން ދިޔަަކަމަށް މުހައްމަދު އިބްރާހީމް ފާހަގަކުރެއްވި އެވެ. 

"އެހެންވީމަ އެކަންކަން މިއަދު އަޅުގަނޑު ގޮވާލަން ހާއްސަގޮތެއްގައި ހެޔޮ އަގުގަ ލިބިގެން ދިޔަ ވެކްސިން ބޮޑު އަގުގަ ވިއްކި މީހުންނާ އަދި އެ ވެކްސިން ޖަހާގެން މަރުވެގެން ދިޔަ އާއިލާތަކާ، އެމީހުންނަށް ހައްގު ހޯދާދިނުމަށްޓަކައި މިކަންކަމުގައި އިހުމާލު ވިފަރާތްތައް ކޮމިޓީއެއް ހަދާގެން ނަމަވެސް ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅަން އެބަޖެހޭ" މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ވިދާޅުވި އެވެ.

ކޮވިޑުގެ މަރުތައް އެކަށީގެންވާގޮތަކަށް ތަހުގީގު ނުކުރެވިފަ އޮތުމުގެ ސަބަބުން ވަަރަށް ގިނަ އާއިލާތައް އަދިވެސް ތިބީ އެކަމުގެ ހިތާމާގައި ކަަމަށާއި ބިލަށް ބާރުދިނުމުގެ ގޮތުންވެސް އެކަން ތަހުގީގުކޮށް އެއާއިލާތަކަށް ހައްގު ހޯދާދޭން ޖެހޭނެކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

އެގޮތުން އެއްކަމަކީ ޕްރިވެންޓިވް ހެލްތް ކެއާ، ނުވަތަ ރައްކާވެތިބިއްޔާ ދަތުރުގެ އުސޫލުން އެ މަސައްކަތް ކުރުން ކަަމަށް މެންބަރު ފާހަގަކުރެއްވި އެވެ. އެއާއެކީގައި ފާއިތުވިތަނުގައި މީހުންގެ ފުރާނައަށް ގެއްލުންވާކަހަަލަ އަމަލުތައް ކޮށްފަ ތިބި މީހުން ތަހުގީގުކޮށް އެއީ އަދަބުދެވެންޖެހޭ ކަމެއްކަމުގައި ވާނަމަ އަދަބުދީ ޒިންމާދާރުކުރަން ޖެހޭނެކަމަށް އިބްރާހީމް ވިދާލުވި އެވެ. އަދި އެއީ އަދަބު ނުދޭން ޖެހޭ ކަމެއްކަމުގައި ވާނަމަ އެކަންކަމުން ބަރީއަކޮށް އެމީހުންގެ މައްޗަށް އޮތް ތުހުމަތުތައް ފިލުވުމަކީވެސް މުހިއްމު ކަމެއްކަަމުގައި މެމްބަރު އިބްރާހީމް ވިދާޅުވި އެވެ.

މުޅި ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 300 އާއި ގާތްކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް