ads
އެންވީޑިއާ އާއި އުރީދޫ ޕާޓްނާވެ، އެންވީޑިއާގެ އޭއައިގެ ހިދުމަތްތައް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އުރީދޫ
އެންވީޑިއާ އާއި އުރީދޫ ޕާޓްނާވެ، އެންވީޑިއާގެ އޭއައިގެ ހިދުމަތްތައް ރާއްޖެއަށް
އެންވީޑިއާ އާއި އުރީދޫ ޕާޓްނާވެ، އެންވީޑިއާގެ އޭއައިގެ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއެކު އުރީދޫން ހެދި ޕާޓްނާޝިފާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްއިން ބުނީ މި ޕާޓްނާޝިޕަކީ އުރީދޫން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މީނާ (މެދުއިރުމައްޗާއި އުތުރު އެފްރިކާ) ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީ އާ އެއްގޮތްވާ ގޮތުގެ މަތިން ވެވުނު ޕާޓްނާޝިޕެއް ކަމަށެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައިގެ އިންގިލާބެއް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން ބުނެފައި ވަނީ އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީ ކުރަމުން އަންނަ ކަމަށް އުރީދޫން ބުނެ އެވެ. މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާ އެކު ޕްރޮސެސް ކުރުމަށް ބާރުވެރި ކުރުވުމުގެ އިތުރުން އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައިއަށް ހާއްސަކޮށްފައިވާ އެންވީޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒު ކުރުމާ އެކު، އުރީދޫ ވެގެން ދާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް. އަދި މި ސަރަހައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށް. އެންވީޑިއާ އާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް،" އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލުތުމާން ފަހްރޫ ވިދާޅުވި އެވެ.

ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާ އެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް މި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާގެ އެންމެފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެ އެވެ.

އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސަ ކޯ ޖީޕީޔޫ ބަހައްޓައިގެން މި ސަރަހައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗާ، ވަސީލަތްތައް އަދި ސޮފްޓްވެއާތަކާ އެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ. އުރީދޫގެ ޖީޕީޔޫ ހިދުމަތާ އެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެ އެވެ.

"އިތުބާރު ކުރެވޭ ސަރަހައްދީ ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން އުރީދޫ ގްރޫޕަކީ އޭއައި އިންފްރާސްޓްރަކްޗާ އާއި ހިދުމަތްތަކަށް އިންވެސްޓްކޮށް ގާއިމުކުރުމުގެ ފުރިހަމަ ގާބިލުކަން އޮތް، ކުންފުނިތަކާ އަދި އާންމު ކަސްޓަމަރުންނާ އެކު ގާތް އަދި ހަރުދަނާ ގުޅުމެއް އޮންނަ ކުންފުންޏެއް. އެންވީޑިއާގެ ފުލް ސްޓެކް އޭއައި ކޮމްޕިއުޓިން ޕްލެޓްފޯމް އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާ އެކު، ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކާއި ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަގުފަހިވެގެން ދާނެ،" އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާ ވިދާޅުވި އެވެ.

your imageއެންވީޑިއާ އާއި އުރީދޫ ޕާޓްނާވެ، އެންވީޑިއާގެ އޭއައިގެ ހިދުމަތްތައް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އުރީދޫ

އުރީދޫން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާ އެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ އެންވީޑިއާ އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ އުރީދޫގެ ހިދުމަތްދޭ ސަރަހައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށާއި ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަންއަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ އެވެ. މީގެ އިތުރުން އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ނުވަތަ އަމިއްލައަށް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ހަރުދަނާ އަދި ތަރުތީބު ކުރެވިފައިވާ އޭއައި ޕްރޮސެސްކުރުމުގެ ގާބިލުކަން ޔަގީންވެގެންދެ އެވެ.

މި މަސައްކަތުގެ ސަބަބުން އެންމެ ޒަމާނީ އޭއައި ކްލައުޑް ޕްލެޓްފޯމަކުން ކަސްޓަމަރުން ބާރުވެރިކުރުވައި، އިގުތިސޯދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމާއި އުފެއްދުންތެރި އާ ޓެކްނޮލޮޖީގެ އީޖާދުކުރުމަށް މި ސަރަޙައްދުތަކުގައި މަގުފަހިވެގެންދާނެ އެވެ. އުރީދޫން ކޮންމެ ގައުމެއްގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ގައުމެއްގެ ބޭނުންތަކާ އެއްގޮތަށް އޭއައިގެ ލަނޑުދަނޑިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި އުރީދޫގެ ޑިޖިޓަލް އިކޯސިސްޓަމްގައި ޓެލެކޮމް ހިދުމަތްތަކުގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރު ޕްލެޓްފޯމުތަކާއި ވަޔަލެސް ޓަވަރުތަކާއި ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ސަބްސީ ކޭބަލް ވެންޗާތަކަށް ހާއްސަ މިނިވަން މުއައްސަސާތައް ހިމެނެ އެވެ. މިއީ ޓެލެކޮމް އަދި އިންފްރާސްޓްރަކްޗާ ހޯލްޑިންގްއަކަށް ބަދަލުވެ، މަލްޓި-ބިޒްނަސް ސްޓްރަކްޗާއަކާ އެކު، ވިޔަފާރީގެ ދެމެހެއްޓެނިވިކަމާއި ފުޅާކަން ކަށަވަރުކޮށް، ނިއުޓްރަލް ކެރިއާ އޮފް ޗޮއިސްއަކަށް ވުމަށް އުރީދޫގެ ސްޓްރެޓެޖީ އާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވިފައިވާ މަސައްކަތެކެވެ.

ކޯޕަންހޭގަންގައި ބޭއްވި ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު24 ގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕުގެ ސީއީއޯ އަޒީޒް އަލުތުމާން ފަހްރޫ އާއި އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް