ads
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑާރު ފަލާހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
ދައުރުވާ ފޮޓޯގައި ވަނީ ޕީޖީ ލީޑަރު ފަލާހެއް ނޫން: ޕީޕީއެމް-ޕީއެންސީ
ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރަހީމް ފަލާހު ނޫންކަމަށް މީގެ ދެ އަހަރު ކުރިން ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފައިވާކަމަށް ޕީޕީއެމް ޕީއެންސީން ބުނެފި.އެވެ.
Advertisement

މިއަދު އެ ޕާޓީން ނެރުން ނޫސް ބަޔާނުގައި ބުނީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުގެ އަބަރުފުޅަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑިއާގއި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަަމަށެވެ.

އެގޮތުން ދައުރުވަމުންދާ ފޮޓޮއާއިއެކު ހަގީގަތާ ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ، ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކު އެކްސް އެކައުންޓަކުންކަމަށް ޕީއެންސީން ފާހަގަކުރެއެވެ. ހަސަން ކުރުސީގެ އިތުރުން އެހެން ފަރާތަކުން މި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާކަަމަށް ޕީއެސްސީގެ ނޫސްބަޔާނުގައި ވެއެވެ.

ޕީއެންސީން ވަނީ އެފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ ފިތުނަ އުފައްދަން މަސައްކަތްކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތަށް އެ ބަޔާނުގައި ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް