"މޯލްޑިވްސް އޯޕަން 2024" – 10 ބޯލް ޗެމްޕިއަންޝިޕް ބިލިއާޑް މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް، މިނިސްޓަރު އަބްދުﷲ ރާފިއު ހިތްވަރު ދެއްވީ ކުޅުންތެރިންނަށް ޒޯޖީ ހަވާލު ކުރުމަށް ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޅުންތެރިންގެ އަޒުމަކަށް ވާން ޖެހޭނީ މިދިޔަ އަހަރުގެ މުބާރާތަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރެ އެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފަސް ކުޅުންތެރިން ވެސް ހިމެނެ އެވެ.
ދުނިޔޭގެ ޕޫލް އެސޯސިއޭޝަންގެ ރޭންކިން އަށް ގުނާ މި މުބާރާތް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.