ads
ވެރިކަން ކުރާ މާލެ: މީ ދުނިޔޭގެ ނިސްބަތުން ވެސް ތޮއްޖެހުން ބޮޑު ރަށެއް
ތޮއްޖެހުން ކުޑަކުރަން "މާލެ ފަހި ޕްރޮގްރާމް" ފަށަން ނިންމައިފި
"މާލެ ފަހި ޕްރޮގްރާމް" ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި ޕްރަގްރާމަކީ ގްރޭޓާ މާލެ ސަރަހައްދު ގައި މަގުމަތީ ގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރަގްރާމެކެވެ.

"މާލެ ފަހި ޕްރޮގްރާމް" ތަންފީޒުކުރެއްވުމަށް ރައީސް ނިންމަވާފައިވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށެވެ.

ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭނެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށްވެސް ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް