ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިނުން ދެވަނަ ބުރަށް ދިޔައިރު، އެ ޓީމުން ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދިއެވެ.
ބައިކޮޅަށް ލަނޑެއް ނުވަންނައިރު، ފަސް ލަނޑު ސްޕެއިނުން ޖެހިއެވެ. މިއީ، 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ސްޕެއިނުން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖެއް ނިންމާލި ފުރަތަމަ ފަހަރެވެ. މި ގްރޫޕުން ދެވަނަ ލިބުނީ އިޓަލީއަށެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިނުން އަލްބޭނިއާ މައްޗަށް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ލަނޑު ޖެހީ ޑެނީ އޯލްމޯ ދިން ބޯޅައަކުން އޭރިއާތެރެއިން ފެރާން ޓޮރޭޒް އެވެ. މިއީ ގައުމީ ޓީމަށް ޓޮރޭޒް ޖަހައިދިން 20 ވަނަ ލަނޑެވެ.