މާލެ ސިޓީ ކައުންސިލުން ބުނީ, ސިނަމާލެ ތިން ވަނަ ފްލެޓުގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި, އެކަން ކޮށްފައި ވަނީ ސިނަމާލެ ދޭއްގައި ދިރިއުޅޭ ބަޔަކު ކަމަށެވެ.
އެކަން ކުރި ތިން ފިރިހެނުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، މި މައްސަލަ މިއަދު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ ދިވެހި ފިރިހެނުން ކަމަށާއި، އެއީ އުމުރުން 35 އަހަރުގެ ދެ މީހުންގެ އިތުރުން އުމުރުން 42 އަހަރުގެ މީހަކު ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.