ads
ޗައިނާގެ ޗޮންޗަންގް އެއާލައިންގެ ބޯޓަށް އިއްޔެ މަރުހަބާ ކިޔަނީ -- ފޮޓޯ: އެމްއޭސީއެލް
ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ، ކޮންމެ ހަފުތާއަކު އެ އެއާލައިނުން ތިން ދުވަހު ރާއްޖެ އަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ބުދަ އަދި ހުކުރު ދުވަހު އެވެ.

އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން އިއްޔެ 82 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

އެ އެއާލައިނުން ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޗައިނާގެ ޗޮންގްޗިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ. ޗޮންގްޗިންގް ސިޓީއަކީ 31 މިލިއަން މީހުން ދިރިއުޅޭ ސިޓީއެކެވެ.

ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި މިވަގުތު އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޗޮންގްކިންގް އެއާލައިނުން ވަނީ އިއްޔެ ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ވެސް ދަތުރުތައް ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް