އިލާ ކްލިނިކުން ވައްކަން ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ، އިލާ ކްލިނިކުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން އެ ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުުދުއްފުށި ފުލުހުން ކުރި މަސައްކަތުން އިއްޔެ އެތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލާގައި 26 އަހަރުގެ ދިވެހި ފިރިހެނަކުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.