ބީއެމްއެލުން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިން މަހަކުން އެއްފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް 2021 ވަނަ އަހަރު އެ ބޭންކުން ވަނީ ނިންމާފައި ކަމަށެވެ.
މި ކޭމްޕަކީ ކޮންމެ އަހަރަކު ހަތަރު ފަހަރު ބާއްވާ ކޭންޕެއް ކަމަށާއި، ބޭންކުން މިކަން ހުއްޓުމެއްނެތި ކުރާތާ ފަސް އަހަރު ވެފައިވާ ކަމެއްކަމަށް ބީއެމްއެލުންބުނެ އެވެ.
ބީއެމްއެލުން ބުނީ، މި ކޭންޕުގެ މަގުސަދަކީ، އިންސާނިއްޔަތަށް މުހިންމު ކަމަކަށް އެކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުވުން ކަމަށާއި، އަދި މުވައްޒަފުންގެ ތެރޭގައި ވޮލެންޓިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދުނުން ކަމަށެވެ.
ބީއެމްއެލުން މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ ޓެލެސީމިޔާ ސެންޓަރުގަ އެވެ.