ads
އިންގްލަންޑްގެ ޖޫޑް ބަލިންހަމް
އިޓްސް ކަމިން ހޯމް: އިންގްލަންޑް ދެވަނަ ބުރަށް
ގްރޫޕް ސްޓޭޖުގައި ސްލޮވީނިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އިންގްލެންޑްވެސް ޔޫރޯގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގަދަ 16 ގެ ތެރެއަށް އިންގްލަންޑް، ފްރާންސް އަދި ހޮލެންޑްވެސްވަނީ ބާކީ އެއް މެޗު އޮއްވައި ކޮލިފައިވެފައެވެ. އިންގްލަންޑް، ފްރާންސް އަދި ހޮލެންޑް ދެވަނަ ބުރަށް ކޮލިފައިވީ، ސްޕެއިންއާ އަލްބޭނިއާގެ މެޗުގެ ނަތީޖާއާއެކުއެވެ.

ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ދެވަނަ ބުރަށް ކޮލިފައިވާއިރު، ހުރިހާ ގްރޫޕެއްގެ ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. އިންގްލަންޑް، ފްރާންސް އަދި ހޮލެންޑް މިއިން ކޮންމެ ޓީމަކުންވެސް މިހާތަނަށް ހަތަރު ޕޮއިންޓް ހޯދާފައިވާތީ، ދެން ބާކީ ގްރޫޕް ސްޓޭޖުގައި ހުރި މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވަސް އެ ޓީމުތައް ދެވަނަ ބުރަށް ނުދާނެ ގޮތެއް ނޯންނާނެއެވެ. އެކަމަކު ފަހު މެޗުތަކުގެ ނަތީޖާއިން ގްރޫޕްގެ ތަރުތީބުތައް ކަނޑައެޅޭނެއެވެ.

ފްރާންސް ގްރޫޕުގައި ފްރާންސް މިރޭ ނުކުންނާނީ ޕޮލަންޑާ ދެކޮޅަށެވެ. ހޮލެންޑް ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފަށާނީ، މިރޭ ނުވައެއް ޖަހާއިރުއެވެ.

މިރޭ ދަންވަރު މެޗުގައި އިންގްލަންޑް ނުކުންނާނީ ސްލޮވީނިއާއާ ދެކޮޅަށެވެ. އަދި ޑެންމާކް ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް