ads
‏ދިވެހި ހައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު މިނާއަށް ދަތުރުފަށައިގެން
ހުރިހާ ހައްޖުވެރިން އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން: ހައްޖު ކޯޕަރޭޝަން
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ އެންމެން ވެސް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
Advertisement

ހައްޖު ކޯޕަރޭޝަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ކޯޕަރޭޝަނުން ބުނީ ހުރިހާ ހައްޖުވެރިން ވެސް އައީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ވެސް ފުރިހަމަކޮށްގެންކަމަށެވެ.

"ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ،". އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ކުންފުނިން މިގޮތަށް ބުނިއިރު، ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައި ދިވެއްސަކު ވަނީ ނިޔާވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް