އޮސްޓްރިއާއިން މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ، ނެދަލެންޑްސް ބަލިކޮށް، ޖުމްލަ ހަ ޕޮއިންޓާއެކުއެވެ.
ނެދަލަންޑްސް އަތުން އޮސްޓްރިއާ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސަށް މި ގްރޫޕުން ލިބުނީ ދެވަނަ އެވެ. ނެދަލެންޑްސް އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވެސް ވަނީ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ. އެއީ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.