ads
ކޮވިޑް ބަލި ފެނުނު ދުވަސްވަރު ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި
މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ
ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ސަބަބުން ކޮންޓެކްޓް ޓްރޭސިން ހަދަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ އިން) މިރޭ ބުނެފި އެވެ.
Advertisement

އެ ބަލި ޖެހުނު މީހާ މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ. އެ ބަލީގައި ނިޔާވެފައި ވަނީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެެވެ.

އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ހާލު ކުއްލިއަކަށް ސީރިއަސްވެގެން އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

"މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާ ނަގާ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު،" އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:

  • ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
  • ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މިހާރު ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި އެޗްޕީއޭ އިން ފާހަގަކުރީ:

  • ކަމާ ބެހޭ މައުލޫމާތު އެއްކުރުން 
  • ކޮންޓެކްޓް ޓްރޭސިން ހެދުން 
  • ބަލީމީހާއާ ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދިނުން
  • ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުން

އިތުރަށް ކިޔާލަން: މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތައް ތަފާތެވެ. ނަމަވެސް ދެ ބާވަތް ސީރިއަސް ވެފައި ނުރައްކާ ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް