ads
ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ޒަމީރު ކުރެއްވި ބައްދަލވުމުގެ ތެރެއިން
ހާރިޖީ ވަޒީރު ޒަމީރު ބްލިންކަން އަރިހަށް
ހާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުކުރައްވައިފިއެވެ.
Advertisement

ހާރިޖީ ވުޒާރާއިން ބުނީ ޒަމީރު، ބްލިންކަންއާ އެކު ބޭއްވި ބައްދަލުވުމުގައި ދިފާއީ ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާ ގުޅޭގޮތުން ގޮތުން މަޝްވަރާކުރިކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކޮށް، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށްވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވިކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ. 

ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާ އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިއްޔެގެ ބައްދަލުވުމަކީ ވަރަށް މުހިއްމު މަޝްވަރާތަކެއް ކުރިކަމަށް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. 

your imageސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ޒަމީރު ކުރެއްވި ބައްދަލުވުމުގެ ތެރެއިން 

ޔޫއެސްއެއިޑް މެދުވެރިކޮށް މިހާރު ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް ވައުދުވެވަޑައިގެންފައިވާކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

މިނިސްޓަރު ޒަމީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާފަތިދުވަހުގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އެމެރިކާގެއެހީދޭ ޖަމާއަތްތަކާއި މިނިސްޓަރު ބައްދަލުކުރައްވާނެކަމަށާއި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާކުރެވިގެންދާނެކަމަށެވެ.

ވަޒީރު ޒަމީރު މި ދަތުރުގައި ވޮޝިންޓަން ޑީސީގައި އުޅޭ ދިވެހިންގެ އިތުރުން ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރަންވެސް ހަމަޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް