ކައްދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވިއިރު، ގަމުގައި ހުޅުވީ އާ ސޭލްސް ސެންޓަރެކެވެ. އަދި އާ ސޭލްސް ސެންޓަރާއެކު ފަސޭހައިން ބޭންކިން ގެ ހިދުމަތް ބޭނުންކޮށްލެވޭނެކަމަށް އެމްއައިބީން ބުންޏެވެ.
އެގޮތުން މިދިޔަ މޭ މަހު އެމްއައިބީން ވަނީ ފަވަރަ މެދުވެރިކޮށް އެހެން ބެންކު އެކައުންޓުތަކަށް ވެސް ބަލްކުކޮށް ޓްރާންސްފާ ކުރެވޭ ހިދުމަތް ތައާރަފްކޮށްފަ އެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް ކަހަލަ ގޮތަކަށް ރައްކާތެރިކޮށް އޮންލައިންކޮށް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރުމުގެ އިތުރުން އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ވެސް ބޭންކަށް ނުގޮސް އޮންލައިންކޮށް އެދެވެ އެވެ.