ads
ފުލުހުން މިފަހުން ހޯދަން އިއުލާން ކުރި އައްބާސް އާދިލް ރިޒާ.
އައްބާސްއާ ދެކޮޅަށް ކުރަނީ ސިޔާސީ ދައުވާއެއް
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ގޮވާލާފައި ނުވާނެ ކަމަށް، ދައުލަތުން އައްބާސް އާދިލް ރިޒާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާގެ ފަރާތުން ބުނެފި އެވެ.

ދައުލަތުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ، އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރީ ޑިސެމްބަރު، 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގެ ތަންތަނުގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން މައްސަލައިގައެވެ. އެ މައްސަލާގައި މިދިޔަ އަހަރު އޭނާ ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ގޮވާލި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އެފަދަ އަމަލެއް ކުރަން އޭނާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވިއެވެ.

އައްބާސްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ޓްވީޓްގައި ގޮވާލާފައި ނުވާ ކަމަށާއި ޓްވީޓްގައި އޮތީ އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ކަމަށެވެ. އަދި އެ ހަރަކާތަކީ ކުރީގެ ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންގުޅުނު ގޮތާ މެދު ގިނަ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމެއް ކަމަށާއި އެކަން މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވެސް ސާފުވެގެން ގޮސްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެއީ ސިޔާސީ މައްސަލައެއްތޯ އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެއީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި އަދި އެއީ ޖިނާއީ މައްސަލައެއް ކަމަށެވެ.

އެ މައްސަލާގެ އަޑުއެހުމަށް އައްބާސް ހާޒިރު ނުކުރެވިގެން އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ވެސް ކުރިން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ގަސްދުގައި ކޯޓަށް ހާޒިރުނުވެ އުޅޭނަމަ އެއްވެސް މީހެއްގެ މޫނަށް އަދި ހުރި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް