ads
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ): ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހުންނަށް ހާއްސަ ޕްރޮގްރާމެއް ވަނީ ސަރުކާރުން ފަށާފައި --
މަސްތުން ތާހިރު ކުރަން ސިވިލް ސޮސައިޓީއާއެކު ޕާޓްނާޝިޕެއް ހަދައިފި
ރާއްޖޭގެ ކޮމިއުނިޓީތަކަކީ މަސްތުވާތަކެތިން ސާފުތަނަކަށް ހެދުމަށް ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނާޝިޕެއް ހަދާ މަސައްކަތްކުރަމްުންދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެންޑީއޭގެ ބޯޑުން ނެރުނު އިއުލާނުގައި ބުނީ ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނާޝިޕް އުފައްދާ، ކޮމިއުނިޓީތަކަކީ މަސްތުން ސާފުތަނަަކަށް ހެދުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތަަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތަަކަށް އެކި އެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ގައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައް ރޭވިގެން މިހާރު ކުރެވެމުންދާކަމަށް އެންޑީއޭއިން ބުނެ އެވެ. އަދި ޑްރަގް ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓާކެއާގެ ހިދުމަތްތައް ފަށައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށްވެސް އެންޑީއޭއިން ބުނެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތަތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އެޖެންސީން މަސްތުވާތެކެތީގެ ފަރުވާދޭމީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރު މޭޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝިއަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެއާއި ރާއްޖެގެ އެލި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާކަން އެންޑީއޭއިން ފާހަގަކުރެ އެވެ.

"ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓރެތެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލާ ކަމުގެ އަސްލަށް ވާސިލްވުން. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖްތަމައަށާއި ރައްޔިތުންނަށް އަމާން ދުޅަހެޔޮ މުސްތަގުބަލެއް ގާއިމްކޮށްދިނުން" އެންޑީއޭއިން ބުނެ އެވެ.

ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ މުނާސަބަތުގައި، މަސްތުވާތކެތީގެ ވަބާއިން ރައްކާތެރިވެ، އެންމެންނަށް ސިއްހަތާއި ދުލަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން ދެއެވެ. އަދި މަސްތުވާތަކެތީގެ ވަބާއާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި ނަހަމަ ގޮތުގައި ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި އެފަދަ ފަރަާތްތަކަށް މުޖްތަމައަށް އަލުން ގެނައުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް އެންޑިއޭގެ ބޯޑުން ދީފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަަލައަކީ ދިވެހި ރާއްޖޭގެ ކޮންމެ ގޭބިސީ އަކަށްހެން އަސަރުކޮށްފައިވާ މައްސަލައަކަށް ވާހިނދު ޒުވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިން މަސްތުވާތަކެއްޗާއި ދުރުކުރުމަށާއި އަދި އޭގެ ނުރައްކާތެރިކަން އެމީހުން ތަޖުރިބާކުރުމުގެ ކުރިން ތަފާތު ލައިފް ސައިކަލްތައް އަދި ދީނީ ކަންކަމަށް އެފަަރާތަތައް ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެެންމެހާ މަސައްކަަތްތައްކޮށް، މި މަސައްކަތުގައި މުޅި މުޖްތަމައު އެކައްޗެއް ކިޔާ މިކަމާ ދެކޮޅަށް މުޅި ގައުމު އަތުގުޅާލުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެންޑީއޭ އިން ދެކެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ 11 އަހަރު ކުރިން އުފެއްދި އެޖެންސީ ހިންގަމުންދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ރައީސް ސޯލިހް ސަރުކާރުގައި އެތަން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ. އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ މިހާރު އެންޑީއޭ ހިންގުން ވަނީ ހޯމް މިނިސްޓްރީ ދަށަށް ބަދަލުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކަށް ފަރުވާ ނުދެވި ކިޔުގައި ތިއްބެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް