އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމްލަ 10 މެންބަރުންނެވެ. ޗެއާމަން ލުބުނާ ބޯޑަށް އައްޔަންކޮށްފައިވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރާ ފަރާތެެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ނުވަ ފަރާތެއް އެކި ވުޒާރާތަކާއި އޮފީސް އަދި އިދާރާތައް ތަމްސީލުކުރާ ގޮތަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ.
އެންޑީއޭގެ ބޯޑަށް އައްޔަން ކުރައްވާފައިވާ ފަރާތްތައް:
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވެރިކަމާ ހަވާލުވެ، ކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. މި އެޑްމިނިސްޓްރޭޝަނުން މަސްތުވާތަކެތީގެ މައްސަލަ ބަލަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ނޭޝަނަލް ޑްރަގު އެޖެންސީން ވަނީ ނިންމައިފަ އެވެ. އެއީ، ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ރަށެކެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކަށް ފަރުވާ ނުދެވި ކިޔުގައި ތިއްބެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފަ އެވެ.