ads
ފިލް ފޯޑެން
ތިންވަނަ ދަރި ލިބޭތީ، ފިލް ފޯޑެން އެނބުރި ރަށަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލަންޑުން ކުޅުނު ފަހު މެޗަށް ފަހު، ފިލް ފޯޑެން އޭނާއަށް ތިންވަނަ ދަރި ލިބޭތީ އުފަން ރަށަށް ހިނގައްޖެއެވެ.

އިގިރޭސި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އާއިލީ ކަމެއްގައި އެނބުރި ގައުމަށް ދިޔަކަން އިގިރޭސި އެފްއޭއިންވަނީ ހާމަކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލް ފޯޑެންގެ ތިންވަނަ ދަރިފުޅު ވިހާތަނަށް ދިޔުމަށް ފަހު ލަސްވެގެން އާދިއްތަ ދުވަހު އޭނާ އެނބުރި ޖަރުމަނަށް ގޮސް އިންގްލޭންޑް ޓީމާ ބައިވެރިވާނެއެވެ.

މެންޗެސްޓާ ސިޓީއަށް ކުޅޭ އުމުރުން 24 އަހަރުގެ ފިލް ފޯޑެންވަނީ އިންގްލަންޑް ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. އޭނައަކީ ނިމުނު ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.  

ފިލް ފޯޑެންވަނީ މިދިޔަ އޭޕްރީލް މަހު ފޯޑެން އާއި އޭނާގެ ބައިވެރިޔާ ރެބެކާ ކޫކްއަށް ތިންވަނަ ދަރިއަކު ލިބޭކަން އިންސްޓަގްރާމްގައި އިއުލާންކޮށްފައެވެ. ފިލް ފޯޑެންގެ ދޮށީ ދަރީގެ އުމުރަކީ ފަސް އަހަރެވެ. އަދި ހަގު ދަރީގެ އުމުރަކީ ދެ އަހަރެވެ.

ފިލް ފޯޑެންގެ މޮޅު ކުޅުމާއެކު އިންގްލަންޑް، ގްރޫޕް ސީގެ މެޗުތައް ނިންމައިލީ އެއްވަނަ މަގާމުގައި އޮވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް