ads
ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން
މާފު ކުރާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ، އާމްދަނީ އެބަ ގެއްލޭ..!
ރާއްޖޭގައި މާފުކުރާ ސިސްޓަމްއަށް ބަދަލު ގެންނަން ޖެހޭކަމަށާއި، މިހާރު އޮންނަ ގޮތަށް ކަންކަން ކުރުމުން އާމްދަނީ ގެއްލި ގައުމު ބަނގުރޫޓު ވަމުންދާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ކުރިއަށްގެންދިޔަ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ ކޮންމެ ފަހަރަކު ބޮޑު ހަރަދެއްކޮށްފައި ޖޫރިމަނާތައް މާފްކުރާގޮތަކަށެއް ނުބޭއްވޭނެކަމަށެވެ. 

އާޒިމް ވިދާޅުވީ ރާއްޖެއަށާއި ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް، މުޅި ރާއްޖޭގައި މައްސަލަ ޖެހެނީ ސަރުކާރުން އަބަދު ޖޫރިމަނާތައް މާފުކުރާވަރުންކަމަށެވެ. އަދި ނަތީޖާއަަކަށް ވީ  އާމްދަނީ ގެއްލި މުޅި ގައުމު ބަނގުރޫޓުވާ ހިސާބަށް ކަންތަށް ދިއުންކަމަށް ވިދާޅުވެ އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ކޮންމެ ކަމަކީ ހަމަދެން ތިމަންނައަށް ނުވާނެއޭ ބުނީމަ ދޫކޮށްލާފައި، އަޅުގަނޑުމެން ކައުންސިލަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް، މާފު ކުރާ ސިސްޓަމް މިއޮތީ، އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ އަސްލު އަބަދު އަބަދު މާފު ކުރާ ސިސްޓަމްއަށް ކަންތައް ގެންދާކަށެއް އަސްލު" މާލެ ސިޓީ މޭޔަރު އާޒިމް ވިދާޅުވި އެވެ.

މިއަދުގެ ސިޓީ ކައުންސިލް ބައްދަލުވުމުގައި ޖޫރިމަނާ މާފްކުރާ މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އާޒިމް ވާހަކަދައްްކާފައިވަނީ ފޮރިން މިނިސްޓްރީން ކުއްލިގޮތަކަށް އާ ސިޓީއާކާ ގުޅިގެންނެވެ. އެ ސިޓީގައި އެދިފައިވަނީ މަރުވި ނޭޕާލް މީހާ ގެ މޯޗަރީ ފީ ކަމުގައިވާ 85،0000 ރުފިޔާ މާފުކުރުމަށް އެދިފަ އެވެ.

"މާފުކުރުމަށް މިއޮތީ އާއްސަ މޯޗަރީން، ނޭޕާލް ރައްޔިތެއް ގެ ކަންތަކުގައި، ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަހަލަ ކަންތައްތަަކީ މާފްވާ ކަންތައްތަކެއް ނޫން އަސްލު" ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މަރުވެ، އޮޔާ ދަނިކޮށް ފުލުހުން ނެގި ނޭޕާލް އަންހެން މީހާގެ މޯޗަރީ ފީއަށް އިޝާރާތްކޮށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާބޮޑަށް މާފު ކަންތަކާއި ސަބްސިޑީ ކަންތައް ބޮޑުވެގެންގޮސް ރާއްޖެ މުޅިން ހަލާކުވެގެން ދާކަަމަށެވެ. އެގޮތުން މިހާރަށްވުރެ ހަރުދަނާކޮށް ކަންތައްތަކާ ވިސަނާ ދައުލަަތައް ބޭނުންނާ ފައިސާއަށް އެއްޗެހި ދައުލަަތަށް ހޯދުން އެއީ ވަރަށް މުހިއްމު ކަމަކަށް ފެނިވަޑައިގަންނަވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް