ads
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާ އޮފީސް އިމާރާތް: މާލީ މުއާމަލާތްތަކަށް ދައުލަތުގެ އޮފީސްތަކަށް ކްރެޑިޓް ކާޑު ދޫކުރުމަށް ފިނޭންސުން ވަނީ ނިންމާފައި - ފޮޓޯ:އަވަސް
މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލްސާވަންޓުން ރައީސަށް ޕެޓިޝަނެއް
މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލް ސާވަންޓުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
Advertisement

މި ޕެޓިޝަންގައި ސިވިލް ސާރވިސްގައި މަސައްކަތް ކުރާ 439 މުވައްޒަފަކު ވަނީ ސޮއިކޮށްފައެވެ.

އެމީހުން ހުށައެޅި ޕެޓިޝަންގައި ބުނެފައިވަނީ މިހާރު ސިވިލް ސާވަންޓުންނަށް ލިބޭ މުސާރައަކީ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެންމެ އެކަށީގެންވާ މުސާރައެއް ކަމަށްް ގަބޫލު ނުކުރެވޭކަމަށެވެ. އަދި މިކަމުގައި ސަބަބުން ދިރިއުޅުމުގެ ހާލަތަށްް ނޭދެވޭ އަސަރު ކުރަމުން އަންނަކަން ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ. 

އެހެންކަމުން މިއަހަރުގެ ބަޖެޓްގައި ޕޭ ހާމަނައިޒޭޝަންއަށް ހިމަނާފައިވާ ބަޖެޓުން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޕެޓިޝަންގައި ވަނީ އެދިފައެވެ. އަދި އެކަމުގައި އުއްމީދުގައި ތިބި ކަންވެސް ޕެޓިޝަން ހުށައެޅި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ސިވިލް ސާވިސް މުސާރައަށް އެންމެ ފަހުން ބަދަލުތަކެއް ގެނައި ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އަދި ވެރިކަން ލިބިއްޖެނަމަ މިއަހަރުތެރޭ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންްނާނެކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. 

މިދިޔަ ވެރިކަމުގައި ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިގެން ފުލުހުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް