ads
ފޮރިން މިނިސްޓްރީ ފޮޓޯ: ކޯޕޮރޭޓް މޯލްޑީވްސް
ބިދޭސީއެއްގެ 85،000 ރުފިޔާ މާފުކުރަން އެދި ފޮރިން މިނިސްޓްރީން ސިޓީ ކައުންސިލަށް
ބިދޭސީއެއްގެ 85،000 ރުފިޔާ މާފުކުރަން އެދި ފޮރިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ސިޓީއެއް ހުށަހަޅައިފި އެވެ.
Advertisement

މިއަދު ކުރިއަށްގެންދިޔަ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ މޯޗަރީގައި އޮތް ނޭޕާލް ރައްޔިތެއްގެ 85،000 ރުފިޔާގެ ޖޫރިމަނާ މާފުކޮށްދިނުމަށް އެދި ފޮރިން މިނިސްޓްރީން ސިޓީ ކައުންސިލްއަށް ސިޓީއެއް ހުށަހަޅާފައިވާކަަމަށެވެ.  

އާޒިމް ވިދާޅުވީ ރާއްޖެއަށާއި ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް، މުޅި ރާއްޖޭގައި މައްސަލަ ޖެހެނީ ސަރުކާރުން އަބަދު ޖޫރިމަނާތައް މާފުކުރާވަރުންކަމަށެވެ. އަދި ނަތީޖާއަަކަށް ވީ  އާމްދަނީ ގެއްލި މުޅި ގައުމު ބަނގުރޫޓުވާ ހިސާބަށް ކަންތަށް ދިއުންކަމަށް ވިދާޅުވެ އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ރާއްޖޭގައި މީހާރު މާފުކުރަމުންދާ އުސޫލުން ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދައިން ޖޫރިމަނާ މާފުނުކުރާކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާބޮޑަށް މާފު ކަންތަކާއި ސަބްސިޑީ ކަންތައް ބޮޑުވެގެންގޮސް ރާއްޖެ މުޅިން ހަލާކުވެގެން ދާކަަމަށެވެ. އެގޮތުން މިހާރަށްވުރެ ހަރުދަނާކޮށް ކަންތައްތަކާ ވިސަނާ ދައުލަަތައް ބޭނުންވާ ފައިސާއަށް އެއްޗެހި ދައުލަަތަށް ހޯދުން އެއީ ވަރަށް މުހިއްމު ކަމަކަށް ފެނިވަޑައިގަންނަވާކަމަށް އާޒިމް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ޖޫރިމަނާ މާފުކުރަން އެދިފައިވާ ބިދޭސީއަކީ ފާއިތުވި މޭ މަހު ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މަރުވެ، އޮޔާ ދަޔަ 25 އަހަރުގެ ނޭޕާލް އަށް ނިސްބަތްވާ އަންހެން މީހާއެވެ. އަންހެން މީހާއަކީ މާލޭގެ ގެސްޓްހައުސެއްގައި މަސައްކަތްކުރަމުންދިޔަ ފަރާތެއްކަމަށްވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް