ads
ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެސްޓީއޯއިން ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އިތުރުމުދާ ބާޒާރަށް ނެރެފި
ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ އެނާޖީ އެފިޝަންޓް މިންވަރު ދެނެގަނެވޭ ނުވަތަ އަންގައިދޭ ދިވެހި ލޭބަލް ޖެހި ހިޓާޗީ ބްރޭންޑުގެ އައިސް އަލަމާރި އަދި ދޮންނަމެޝިން އެސްޓީއޯ އިން މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

އެސްޓީއޯއިން މި އުފެއްދުންތައް ތައާރަފް ކޮށްފައިވަނީ "ސޭވް ދަ ވޯލްޑް" ނަމުގައި މިއަދު ބޭއްވި އިވެންޓެއްގައެވެ. 

މި އިވެންޓުގައި އާ އުފެއްދުންތައް އިފްތިތާހުކޮށްދެއްވާފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއާއި އެސްޓީއޯގެ އެމްޑީ ޝިމާާދު އިބްރާހިމެވެ. 

މިއަދު އެސްޓީއޯ އިން ނެރުނީ ތިން ތަރި އާއި ހަތަރު ތަރި އަދި ފަސް ތަރީގެ ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކެވެ.

"ހަކަތަރި" ލޭބަލަކީ ރާއްޖެ އަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގައި، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެ ތަކެތި ވަކި ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް 2021 ވަނަ އަހަރު އެންވަޔަރުމެންޓް މިނިސްޓްރީން ބޭނުން ކުރަން ފެށި ލޭބަލެކެވެ.

"ހަކަތަރި" ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހާދު ވިދާޅުވީ، އެއީ ސަރުކަރުގެ ހަކަތަރި ލޭބަލާ އެކު، އެންމެ ފުރަތަމަ އުފެއްދުންތައް ނެރުނު ކުންފުނި ކަމަށެވެ. ހަކަތަރި ލޭބަލްގައި އެ ކުންފުނި އެންމެ ފުރަތަމަ ނެރުނީ އޭސީ ކަމަށާއި އެއީ 2022 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވި އެވެ.

އެސްޓީއޯ އިން "ހަކަތަރި" ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިން ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުމަށެވެ. 

މިކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް